ވިޔަފާރި

އުރީދޫ ގޭމްއޮން އެކްސްޓްރާ ޕެކްއާއެކު 500 ރުފިޔާއަށް 100 ޖީބީ ޑޭޓާ މުޅި މަހަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަޟްހާ ޢީދު ބަންދާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއް ކަމަށްވާ ގޭމް އޮން އެކްސްޓްރާ ޕެކް ތައާރަފްކޮށް، މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި އެންމެ 500 ރުފިޔާގެ އަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކް އާއި އެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓް ގެ އެހެނިހެން ބޭނުން ކުރެވޭނެއެވެ.

އަދި ގޭމް އޮން އެކްސްޓްރާ ޕެކް އަކީ ގޭމް ކުޅޭ ފަރާތްތަކާއި ސްޓްރީމިން އަށް ޝައުގުވެރިވާ ފަރާތްތަކަށް އެންމެ ފުރިހަމަ ފަރުމާކުރެވިފައިވާ ޕެކެއްކަމަށާއި ގޭމްކުޅެ ސްޓްރީމް ކުރުމަށް ހާއްސަކޮށްފައިވާ 80 ޖީބީ ޑޭޓާ އެލަވަންސް މި ޕެކްގައި ހިމެނޭކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ޑޭޓާ ބޭނުން ކުރެވޭނީ ގޭމިންގ ޕްލެޓްފޯރމްތަކަށް ކަމަށްވެސް އުރީދޫ އިން ބުނެއެވެ.

މި ޕެކޭޖުގައި 80 ޖީބީގެ ގޭމިން އަދި ސްޓްރީމިން ޑޭޓާގެ އިތުރުން 20 ޖީބީގެ ރެގިއުލާ ޑޭޓާ ވެސް ހިމެނޭއިރު، އާއިލާ އާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް އިންޓަނެޓް ބްރައުޒް ކޮރުމުގެ އިތުރުން އޮންލައިން އެހެނިހެން ކަންކަމަށް މި ޑޭޓާ ބޭނުންކުރެވޭނެ ކަމަށާއި މުޅި މަހަށް ޖުމްލަ 100 ޖީބީ އާއި އެކު ގޭމްއޮން އެކްސްޓްރާ ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް މި ޢީދު ބަންދަކީ ފުރިހަމަ ބަންދަކަށް ހެދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!