ވިޔަފާރި

މި އަހަރުވެސް ސްކޫލް ފޮތްލިސްޓް އޮންލައިންކޮށް އޯޑަރުކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މޫލީން ހިލޭ ޑެލިވަރ ކޮށްދޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ.

Ads by MWSC

ނޮވެލްޓީ ބުކްޝޮޕާއި އެކު ކުރިޔަށް ގެންދާ މި ކެމްޕެއިނަށް މިދިޔަ އަހަރު ލިބުނު ތަރުހީބާ ތަޖުރިބާ އާއި އެކު، މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެއެވެ.

އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލްފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފަރއަކަށް ބަދަލެއް ނާދެއެވެ. މި ޙިދުމަތުގެ ސަބަބުން މާލެއަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑު ޚަރަދާއި، ފިހާރަތަކުގައި ކިޔުގައި ތިބުމާއި، ބަރު ކޮތަޅުތައް އުފުލުމުގެ ބުރަ ނައްތާލެވިގެން ދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލަށް ބޭނުންވާ ސާމާނު އިތުރު ޚަރަދެއް ނުވަތަ ދަތިކަމެއް ނެތި ފަސޭހަކަމާއެކު އޮންލައިންކޮށް އޯޑަރ ކޮށްލެވޭއެވެ.

މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިވަޑައިގަންނަވާނެއެވެ. ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރ ކޯޑާއި އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ. އޯޑަރުކުރާ ތަކެތި ޑެލިވަރ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރ ކުރާ ފަރާތާ ހަވާލުކޮށްލަންޖެހޭނެއެވެ.

އޮޑަރކޮށްލިމަށް:

1. މޫލީ ވެބްސައިޓަށް https://mool.ee/booklistޒިޔާރާތްކޮށް ލޮގިންވެލައްވާ

2. ސްކޫލް ގްރޭޑް ހިޔާރުކުރައްވާ

3. ސްޓުޑަންޓް ވައުޗަރ ކޯޑް އަދި އައިޑީކާޑް ނަންބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖައްސަވާ

4. ކާޓްއަށް އެޑް ކުރުމަށްފައި އޯޑަރ ކަށަވަރުކުރައްވާ

މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް https://mool.ee/booklist މޫލީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ހިލޭ ހޯމް ޑެލިވަރީ އަށް އޯޑަރު ދެވޭނެ އެވެ. ޖެހިޖެހިގެން ދެ ވަނަ އަހަރަށް މޫލީގެ ބެކް ޓު ސްކޫލް ކެމްޕޭން މި އަދު ފެށުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިރާސީ އާ އަހަރުގެ ސްކޫލް ފޮތްތަކާއި ޒަރޫރީ ތަކެތި ގޭދޮށަށް ލިބިގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!