ޚަބަރު

ޙައްޖުވެރިންގެ ދުޢާއާއި އެކުގައި ރައީީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރައްވާނީ ޙައްޖުވެރިންގެ ދުޢާއާ އެކު ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދަކީ މާތް ރަސްކަލާނގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޙައްޖާޖީން ޙައްޖުގެ އަޅުކަން ފާށާ ދުވަސް ކަމަށެވެ.

ރިޔާސީ އިންތިޚސަބަށް އިޝާރާތް ކުރައްވައި، އިމްރާން ވިދާޅުވީ ރައީސް ޞާލިޙުގެ ކޯލިޝަނުން މިއަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ ޚައްޖަށް ވަޑައިގެންނެވި ޙައްޖުވެރިންގެ ދުޢާތަކާ އެކު ކަމަށެވެ.

"މި އަހަރުގެ އިންތިޚާބު އަޅުގަނޑުމެން އެއްބުރުން ކާމިޔާބު ކުރާނީ ޚައްޖަށް ވަޑައިގެންވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާ އުޚުތުންގެ މަތިވެރި ދުޢާތަކާ އެކުގައެވެ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ޤައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަށަވަރު ކުރެވޭނީ ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްގެން ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް އަދާލަތު ޕާޓީން ވަނީ ރައީސް ޞާލިޙާއެކު ނުކުންނަން ނިންމައިފައެވެ. ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި، މިނިސްޓަރު އިމްރާން ކުރިން ވިދާޅުވެފައި ވަނީ ތަފާތު ޚިޔާލުގެ މީހުންނާއެކު ވެރިކަން ކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޞާލިޙު ކަމަށް ވުމުން، އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.

  1. އިންސާފު

    ރައްޔިތުންނައްް އެންމެެ އިހްލާސްތެރިކަމާއެކުު ތަރައްގީއާލާބަޔާާ މަންފާޔާާ އަދިި ނަފާާ ހޯދަދޭނެެ ގާބިލްމީހަކައްް ފުރުސަތުލިބޭތޯޯ އިމްރާނުވެސްް ދުއާކުރުންް ބުއްދިވެރިި ވަކިޕާޓީއެއްް ވަކިމީހެއްނޫންް ރައްޔިތުންނައްް ރަގަޅުު ރާއްޖޭގެެ ދަރަނިކުޑަކުރެވޭނެެ މީހަކައްް ފުރުސަތުދެއްވުމައްް އެދިދުއާާ ކޮއްދިނުމައްް އިމްރާނުދުއާނުކުރަންތިމަސައްކަތްް ކުރަނީި އިސްލާދީނާީ މިރާއްޖެއާއިސްް ނުކޮއްް ވަކިމީހަކައްް ވެރިކަމައްް އިސްކުރަންް ރާއްޖެއާއިސްލާދީންް ދެކެލޯބިންތޯޯ

  2. ތޮއިލާ

    ދޭބަލަ ބޯކަޅު ކުރަން