ޢީދު ދުވަސް ހިނިތުންވުމާއި އުފާވެރިކަމުގައި ހޭދަ ކުރަން އެދިވަޑައިގެންފި

މިއަދު ފާހަގަކުރަމުން އަންނަ ބަރަކާތްތެރި އަޟްހާ ޢީދު ދުވަސް، ހިނިތުންވުމާއި އުފާވެރިކަމުގައި އާއިލާއާއެކުގައި ހޭދަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ޢީދުގެ ތަހުނިޔާ ވިދާޅުވެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
“ދިރިއުޅުމުގެ އެންމެހައި ހާސްކަމުން ވީއްލި, ހިނިތުންވުމާއި އުފާވެރިކަމުގައި އާއިލާއާއެކު ހޭދަކުރައްވާ ޢީދަކަށް އެދެން.“
ރައީސް ނަޝީދު އަޟްހާ ޢީދުގެ ތަހުނިޔާ ވިދާޅުވެ މިފަދަ މެސެޖެއް ދެއްވާފައިވާއިރު, ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޢީދުގައި އެކަކު އަނެކަކަށް މަޢާފުކޮށް، ހިތްހެޔޮ ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.