އުފާވެރި ކައިވެންޏެއްގެ ސިއްރު، ވިކީ ކިޔައިދީފި

އެކްޓަރު ވިކީ ކޯޝަލް އާއި އެކްޓްރެސް ކެޓްރީނާ ކައިފްގެ ޖޯޑު ވަރަށް ގިނަ ބަޔަކަށް ކަމުދެއެވެ.
މި ދެތަރިން ކައިވެނިކޮށްގެން އުޅޭތާ ދޮޅު އަހަރުވެފައިވާއިރު، އެ ދެމީހުންގެ ޒަތީ ދިރިއުޅުމާ ބެހޭ ގިނަ ކަންކަން އާއްމުން އެނގެން ބޭނުންވެއެވެ.
ފެންނަ ފެނުމުގައި ވަރަށް ލޯބިން އުޅޭ މި ދެތަރިންގެ އުފާވެރި ކައިވެނިގެ ސިއްރު ވިކީ މިވަނީ ހިއްސާ ކޮށްފައެވެ. "ޓައިމްސް އޮފް އިންޑިއާ"އަށް ދިން އިންޓަރވިޔުއެއްގައި ވިކީ ބުނީ، އުފާވެރި ކައިވެންޏެއްގެ އެންމެ ބޮޑު ސިއްރަކީ ކެތްތެރިކަން ކަމަށެވެ. މީހަކާއިއެކުގައި އެއްކޮށް އުޅޭއިރު، ކަންކަމާމެދު ޙިޔާލު ވެސް ތަފާތުވާނެ ކަމަށާއި، މައްސަލަ ވެސް ޖެހޭނެ ކަމަށް އޭނާ ބުނެއެވެ.
ވިކީ ބުނީ ދެމީހުންގެ ޙިޔާލު ތަފާތުވުމުން، ޒިންމާދާރުކަމާއި ވިސްނުން އިސްކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. ކެޓްރީނާ އާއެކު، ކައިވެނީގެ ދޮޅު އަހަރު ދުވަހުން ދަސްވި އެއްޗަކީ އެއީ ކަމަށް ވެސް ވިކި ބުންޏެވެ.