ޚަބަރު

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ބޭރު މީހުންނަށް ފޭކް އައިޑީކާޑު ހަދަމުންދާކަމަށް ބެލެވޭ: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް، ބޭރު މީހުންނަށް ފޭކް އައިޑީކާޓް ހަދަމުންދާކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ މާލެ ރައްޔިތުންނަށް ޚާއްސަ ކުރާ ގޯތިތަކުން އިންޑިއާގެ ބައެއް ފަރާތްތަކަށް ގޯތި ލިބިފައިވުމާއި ގުޅިގެންނެވެ. ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި އިންޑިއާގެ 10 މީހުން ހިމެނެއެވެ.

މިކަމާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ބޭރު މީހުންނަށް ފޭކް އައިޑީކާޓް ހަދަމުންދާކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. ގޯތި ލިބޭ ލިންޓުން މިކަން ހާމަވާކަން ފާހަގަކުރާއްވާ އޭނާ ވަނީ އެ މައްސަލަ ސީރިއަށްކޮށް ބެލުމަށް ގޮވާލައްވާފައެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް ވެސް ފާރަވެރިވާން ޖެހޭކަމަށެވެ.

މި ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ހިލޭ ގޯތި ލިބޭ މާލޭ މީހުންގެ ލިސްޓް ސަރުކާރުން އިއުލާން ކުރީ، މިދިޔަ ހޯމަ ދުވަހުއެވެ. މި ސްކީމްގެ ދަށުން 6000 އަށް ވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!