މުންކަރާާތްތައް އާއްމުވުމުގެ ޒިންމާ ނަގަން ޖެހޭނީ އަދާލަތު ޕާޓީން: ޖަމީލު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިޔުމުގެ ޒިންމާ، ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަޟްހާ އީދު ފާހަގަކުރުމަށް ރަށެއްގައި ބޭއްވި ޝޯއެއްގައި، ގައިގެ ހަމުގެ ކުލައިގެ، ބާރު ހެދުން ލައިގެން ނެށި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
މިކަމާ ކަންބޮޑުވުންފާޅުކުރައްވައި، ޑރ.ޖަމީލު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމްދީނާއި ޚިލާފު ކަންކަންކުރުން ގިނަވެފައިވާ ކަމަށާއި، އިސްލާމްދީނުގައި އުފާ ފާޅުކުރުމާއި، އެކި މުނާސަބާ ފާހަގަކުރުމަށް ގެންގުޅޭ އުސޫލުތައް އޮޅޭގޮތަށް ހިންގާ ހަރަކާތްތައް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގެ ފުރިހަމަ ޒިންމާ، އަދާލަތު ޕާޓީން ނަގަން ޖެހޭނެ ކަމަށެވެ.
ނިވާކަން ކުޑަ ހެދުން ލައިގެން ޢީދު ޝޯ ދިން މައްސަލައިގައި ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ. ނަމަވެސް މިކަމާ ގުޅިގެން އަދާލަތު ޕާޓީން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިބޫގެެ އިންގިލާބީކުވަރުތައްް ބާރައްް އަތްޖަހާާ ބޫންބޫންް އިންގިލާބީީ ކުޅިގަޑުު