ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލަން މަޝްވަރާ ފަށައިފި
މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ހިލޭ ގޯތި ބެހުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލުމާބެހޭ މަޝްވަރާތަކެއް ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައިވަނީ އެކުވެރި އާއްމުންގެ ގުޅުން ނުވަތަ ދަ ކޮމަނަރސްއިން އިންނެވެ. އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުން މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ކާމިޔާބު މަޝްވަރާ ބައްދަލުވުމެއް ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް އެޖަމިއްޔާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ހިލޭ ގޯތި ލިބޭ މާލޭ މީހުންގެ ލިސްޓް ސަރުކާރުން އިއުލާން ކުރީ، މިދިޔަ ހޯމަ ދުވަހުއެވެ. މި ސްކީމްގެ ދަށުން 6000 އަށް ވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާލޭ ސަރަހައްދުން ހިލޭ ގޯތި ބެހުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ފުލެޓުވިއްކާފަަ ގޯތިި ހިލޭޭ ފުލެޓައްފަގީރުންް ގޯތިދިނީއާއިލާއާާ މަހުޖަނުންނައްް ކިހާސަޅިގޮތެއްް މީހެޔޮވެރިކަންް ކުރާގޮތަކީީ ހައްގުވާމިންވަރަކީވެސްް އެއީީ މިފަހަރުވޯޓްކާންދޭނަންް
ފުލެޓްތަކުގެ ލުލިވެސް ކަރަންޓު ޖިލާ ގުޅުވާލަމާ. ބިލްނުދައްކާތާ އެއްމަސް ވީމަ ކަރަންޓު ކަނޑާލާނީ
ރާއްޖޭގެ އެހެން ރަށްތަކުން ގޯތި ދެނީ ކިހިނެއްތޯ
މުޅި މާލެ އަތޮޅު އެއީ މާލޭގެ ހައްގު ބާ؟
ފުލެޓުލިބުނުކަމުގަވިޔަސް ގޯތިލިބެންވާނެ ގޯތިލިބޭ ލިސްޓުގަ ކައިވެނިކޮއް ދަރިންތިބި މީހުން މުޅިން ހިމެނެންވާނީ ގޯތިލިބުމައްފަހު ހިޔާފުލެޓު ސަރުކާރައް ނެގުމައްފަހު އަލަތު ކައިވެނީގެ ދެމަފިރިންނައްދީ
ވާރޮސުން ދޫކޮއްލާ ބިން ސަރުކާރައް ނަގާފަ ތަރިކަ ދޫކޮއްލާފަ ލިބޭބިން ހިލޭ ވާގޮތެއް ބުނެލަދީބަލަ. ރާއްޖޭގެ އެހެން ރައްރަށުން ބިންދެނީ ކިހިނެއް؟
މާލޭޭ ރައްޔިތުންނަށްް މާލެެ ސަރަހައްދުންް ގޯތިި ދިނިއްޔޭޭ ކިޔާފަ އެހެންް ރަށްރަށުު މީހުންގެެ ނޭވާާ ހޮޅިއަށްް އެޅެންވީީ ސަބަބެއްް ނުވިސްނޭ . ރާއްޖެތެރޭޭ ރަށްރަށުގެެ ރައްޔިތުންނަށްް ގޯތިދެނީީ ހަމަަ ހިލޭޭ ނޫންތަަ؟
މިއީ ކޮންކަހަލަ ބުރާއްޗެއް … ގޯއްޗަކީ ހުސް ބިމެކޭ ، ފްލެޱަކީ ހަދާ ނިންމާފަ ހުރި ތަންތަނޭ ، ފަސާދަ ކޮށްގެން ތިމާގެ ފަތް ބަރު ނުކުރާށޭ
ކުލިނުދައްކަންޏާ ސަރުކާރަށް ގަޮތް ހުސްވާކަށް ނުޖެހޭ ކޮންޓްރެކްޓް ބާތިލްކޮށްފަ އެންމެންނެރޭ ކުއްޔަށްވެސް ދެވިގެން ނުވާނެ
މިދުއަމް އަކީ ދިވެހިންގެ ހަލާކު