ނައިފަރު ބަނދަރުގައި އޮތް ލޯންޗުތަކެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ޅ. ނައިފަރު ބަނދަރުގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުތައް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ރޯވެ އަނދާފައިވާ 3 ލޯންޗަކީ ކައިރި ކައިރީގައި އޮތް 3 ލޯންޗަށްވާއިރު މި ހާދިސާ ހިނގާފައިވާ ގޮތް ބެލުމަށް ފުލުހުންނާއި އެ ސަރަހައްދުގެ ފަޔާ ސްޓޭޝަނުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
މިއީ ބަޔަކު މީހުން ގަސްތުގައި ކުރި ކަމެއްކަމަށް ނުބެލެވޭ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މައުލޫމާތުދެއްވައެވެ.
ރޯވެ އަނދާފައިވާ ލޯންޗު ތަކުގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަގޮތުގައި އެތަނުން ދެ ލޯންޗެއްގައި ވަރަށް ބޮޑަށް އަނދާފައިވެއެވެ. އަދި އަނެއް ލޯންޗު އޮތީ ބަންޑުން ޖަހާލާފައެވެ.
ތިވާނީ ކޮންމެވެސް ޖާހިލެއް ހަސަދަގަނޑެއް ބާލާ މީހަކަށް ދިން ބޮޑު ގެއްލުމަކަށއ