ޚަބަރު

ސަޕޯޓަރުންގެ ހިތަށް ތަދުވާ ވަރުގެ ކަމެއް ނުކުރާނަން: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަޕޯޓަރުންގެ ހިތަށް ތަދުވާ ވަރުގެ ކަމެއް ނުކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މުޅި ފޯކަސް އޮތީ ޔާމީން މިނިވަންކޮށް އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެކަން ކުރާއިރު ސަޕޯޓަރުން ނުރުހޭ ފަދަ ކަމެއް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ޕާޓީގެ އަސާސްތަކާ ހިލާފު ކަމެއް ނުކުރާނެ. ވަސްވާސް އުފައްދަން ޖާގައެއް ނުދޭނަން. އުންމީދާއި ސާބިތުކަމާއި އިތުބާރާއެކު ތިއްބަވާ" ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައި މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ދަ ޑިމޮކްރެޓްސްއާ އެކު، ރައީސް ޔާމީން އަށް ތާއީދުކުރާ މެމްބަރުން ދަނީ  މަޝްވަރާތައް ބާއްވަމުންނެވެ.

Ads by HDC
  1. ކައިދާ

    ސަޕޯޓަރުންގެ ހިތަށް ތަދުވާނެ އަންނި ވެރި ކަމަށް ގެންނަން މަސައްކަތް ކުރާނަމަ އިބޫ އަށްވުރެ މާނުލަފާކަން ދައްކާ މީހެއް ކެނެރީގޭ ނަޝީދުއަކީ އޭނާގެ ވެރިކަމުގަ ނުކުރާ އިތުރުކަމެއް އިބޫ ކުރިކަމަކީ ރަށްރަށުގެ މަގު ހަދައިދިނުުމާ ފާހނާ ފެނުގެ ކަންތައް ހަމަ ޖައްސައިދިނުން ދެން ބަޖެޓުން ބައި އެޅުން އެކަން 2008 ނޮވެމްބަރ 11ގައި އައިވެރިކަމުގައި ކުރިލެއް މަދެއް ނޫން.