ޚަބަރު

ޔަހޫދީންގެ ޙަމަލާތަކުގައި ފަލަސްތީނުގެ އިތުރު ތިން މީހަކު ޝަހީދު ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި އިޒްރޭލު ސިފައިން ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް ޑްރޯން ހަމަލާތަކެއް ދޭން ފަށާފައިވާއިރު، ހެނދުނުގެ ވަގުތާ ހަމައަށް ދެމިގެން ދިޔަ ހަމަލާއެއްގައި ފަލަސްތީނުހެ ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.

Ads by STELCO

ހަމަލާ ދިންތާ ގަޑިއިރުތަކެއް ފަހުން ސިޓީގެ އެކި ކަންކޮޅުތަކުގައި ބަޑީގެ އަޑާއި، ޑްރޯންތަކުގެ އަޑު ވަރަށް ސާފުކޮށް އިވެމުންދާތީ، އެ ސިޓީގެ ބޮޑު ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވާ އެކި ހަނގުރާމަވެރި ޖަމާއަތްތައް ހިމެނޭ ޔުނިޓެއް ކަމަށްވާ "ޖެނިން ބްރިގޭޑްސް" އިން ބުނީ، އިޒްރޭލު ސިފައިންނާ ދެކޮޅަށް ހަރަކާާތްތެރިވަމުން އަންނަ ކަމަށެވެ.

ހަމަލާ ދިން ސަރަހައްހައްދަކީ، ބައި އަކަ ކިލޯމީޓަރަށް ވުރެ ކުޑަ ސަރަހައްދެކެވެ. އެ ހިސާބުގައި ގާތްގަނޑަކަށް 14،000 މީހުން ދިރިއުޅެއެވެ. އެ ސަރަހައްދުގައިވާ ކޭމްޕުގެ މަތިން މަދުވެގެން ހަ ޑްރޯން ވަށައިގެން ވަނީ ދުއްވައިފައެވެ.

"ރެފިއުޖީ ކޭމްޕުގައި ހިނގަމުންދާ ކަންކަމަކީ ޙަޤީޤީ ހަނގުރާމައެއް،" ފަލަސްތީނުގެ އެމްބިއުލާންސް ޑްރައިވަރު ޚާލިދު އަލަހްމާދު ބުންޏެވެ.

"ކޭމްޕަށް އަމާޒުކޮށް އުޑުން ހަމަލާތައް ދިން، ކޮންމެ ފަހަރަކު ގާތްގަނޑަކަށް ފަސް ހަތް އެމްބިއުލާންސްގައި ދުއްވާފައި، ޒަހަމްވި މީހުންނާއެކު ފުލްކޮށް އެނބުރި އައިން."

ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލުމަށްފަހު، އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޖެނިން ބްރިގޭޑްސްގެ ހަނގުރާމަވެރިންގެ ކޮމާންޑް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިމާރާތަކަށް ޔަހޫދީ ސިފައިން ހަމަލާދީފައި ވަނީ ހުޅަނގު އައްސޭރީގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ ފުޅާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!