މާލޭ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރީގެ ސަރުކާރުތަކުން ހިނގީ ކުދި މަޝްރޫއުތައް: އަސްލަމް
މާލޭގެ ބޯހިިިޔާވަހި ކަމުގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށާއި އެމައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން ހިނގާފައިވަނީ ކުދި މަޝްރޫއުރައް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގުޅިފަޅުގެ ބިން ހިއްކުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ބޯހިޔާވަހިކަމުގެ ކުދިކުދި ޕްރޮޖެކްޓްތަކަށް ސަމާލުކަންދީ، އަސްލު މައްސަލައަށް ރިޢާޔަތްކޮށްފައިވާތީ ކަމަށާއި މިމައްސަލައަށް ޙައްލު ގެނެވޭނީ ވަރަށް ބޮޑު ޕްލޭނެއް އެކަމަށް ކޮށްގެން ކަމަށެވެ
"މިފަދަ ބޮޑު މައްސަލައަކަށް ޙައްލު އަންނާނީ އެކުއެކީގައި މައްސަލައަށް އެޑްރެސްކުރެވިގެން. މިހާރު މިހިންގޭ ބޮޑު މަޝްރޫޢުއަކީ ވަރަށް ވިސްނަވާފައި ރައީސް ނިންމެވި ނިންމެވުމެއް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގެ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަކީ 2019 ވަނަ އަހަރު ކުރިއަށް ގެންދަން މަސައްކަތް ކުރި މަޝްރޫއެއް ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން އެމަޝްރޫއު ލަސްވެގެން ދިޔައީ ކަމަށެވެ.
ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭހެން 5000 ގޯތި ދިނުމަށް ސަރުކާރުން ނިންމެވިއެވެ. ނަމަވެސް ފަހުން މި ޢަދަދު 6200 ގޯއްޗަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހުއްރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވިއެވެ. ގުޅިފަޅު ހިއްކުމަށް ފެށި މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އާދެ ނުބުނެވޭނެ ލޮލުގެ މައްސަލަ އެކޭ