ޚަބަރު ކުޅިވަރު

ނަސްރުގެ 91 ވަނަ މެރަތަން ފުރިހަމަކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިންޓަރނޭޝަނަލް 100 މެރަތަން ހަމަކުރުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ކާމިޔާބު އެތުލީޓް އަދި ކޯޗް ނަޞްރުالله އަޙުމަދު ، އޭނާގެ 91ވަނަ މެރަތަން ފުރިހަމަކޮށްފިއެވެ.

Ads by STELCO

ނަޞްރުގެ 91ވަނަ މެރަތަންއަކީ އިއްޔެ ، އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި އޮތް އެސިކްސް ގޯލްޑްކޯސްޓް މެރަތަން 2023އެވެ. އޭނާ މި ރޭސް ނިންމައިފައި ވަނީ 3:41:35އިންނެވެ.

100 މެރަތަން ހަމަކޮށް ތާރީޚްގެ ތެރެއަށް ވަނުމަށް ނަޞްރު މަސައްކަތްކުރަމުން އަންނަ އިރު އޭނާއަކީ މިހާރު ވެސް މި ސަރަހައްދުގައި ހުރި އެންމެ ގިނަ މެރަތަން ފުރިހަމަކުރި އެތުލީޓެވެ. ހިނގަމުން މިދާ އަހަރުގައި ވެސް ނަސްރު ވަނީ ދުބާއީއާއި އަނަޓޯލިއާ އަދި ނިއުދިއްލީގެ މެރަތަންތައް ފުރިހަމަކޮށްފައެވެ.

91ވަނަ މެރަތަންއަށް ފަހު ދެންއާ ވާހަކަ ދައްކަމުން ނަސްރު ބުނީ އުއްމީދުކުރަނީ މި އަހަރު ތެރޭގައި އަދި އިތުރު މެރަތަންތަކެއް ފުރިހަމަކޮށް އަންނަ އަހަރު 100ވަނަ މެރަތަން ފުރިހަމަކުރުން ކަމަށެވެ. އަދި 100ވަނަ މެރަތަން ކުލަގަދަކޮށް ފާހަގަކުރުމަށް އޭނާގެ އެތުލީޓުންނާއި ސަޕޯޓަރުން ބޭނުންވާ ކަމަށާއި އެކަމުގެ ވިސްނުންތަކާއި ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

ގޯލްޑް ކޯސްޓްގައި މި މަހުގެ 1،2ގައި ބޭއްވި މެރަތަންގައި ނަސްރުގެ ތިން އެތުލީޓުން ވަނީ ހާފް މެރަތަންގައި ވާދަކޮށްފައެވެ. އެގޮތުން ޝަމްޙާ އަހުމަދާއި މުޙައްމަދު އިރުފާން ރަނގަޅު ޓައިމިންއެއްގައި ރޭސް ނިންމި އިރު އެންމެ ފާހަގަކޮށްލެވެނީ ޔޫސުފް އިބްރާހީމް ހެދި ގައުމީ ރެކޯޑެވެ. 1:09:55އިން ނިންމައި ޔޫސުފް ވަނީ ގައުމީ އައު ރެކޯޑެއް ގާއިމްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!