ޚަބަރު

ބެންކޮކް އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާގެ ހާލު ރަނގަޅު

ދެން އެމްވީ ، ދެން އޮންލައިން

ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި މިދިޔަ އަންގާރަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އާއިލާ އިން ބުނެފިއެވެ.

Ads by Sosun Fihaara

ބެންކޮކް ގަޑިން 3:30 ހާއިރު ހިނގި އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާ ލިބުނީ ސ. ހުޅުދޫ ވައިޖެހޭގެެ، އުމުރުން 44 އަހަރުގެ އަޙްމަދު ސަޢީދަށެވެ.

އަޙްމަދު ސަޢީދުގެ އާއިލާގެ މީހަކު ބުނީ ބެންކޮކުގެ ރަމަތިބޮޑި ހޮސްޕިޓަލުގައި އޭނާގެ ބޮލުގެ އޮޕަރޭޝަނަކާއި ކަނދުރާގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން ބުންޏެވެ.

އެ ހާދިސާގައި ދެން އަނިޔާވީ މުހައްމަދު ސަބާހު ނަމަށް ކިޔާ މީހަކާއި އަދި އަހުމަދު ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. އެމީހުންނަށް ބޮޑު އަނިޔާއެއް ނުލިބެއެވެ.

ބެންކޮކު ފުލުހުން ވަނީ އެކްސިޑެންޓް ހިނގި ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައެވެ.

އަޙްމަދު ސަޢީދުގެ އާއިލާގެ މެމްބަރުން މިހާރު ތިބީ ބެންކޮކުގައެވެ. އޭނާގެ އަނތްބަކާއި ދެ ދަރިން ތިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!