ޚަބަރު

ކަރީނާ ފިލްމު ކުޅޭތާ 23 އަހަރު!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެކްޓެރެސް ކަރީނާ އަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ފަރާތެކެވެ. ކަރީނާގެ ފިލްމުތަކަށް އެތައްހާސް ބައެއްގެ ލޯބި ލިބިފައިވެއެވެ.

Ads by Sosun Fihaara

ހުކުރު ދުވަހަކީ، ކަރީނާ ފިލްމު ކުޅޭތާ 23 އަހަރު ފުރުނު ދުވަހެވެ. މިކަން ފާހަގަކުރުމަށް ކްލެޕްބޯޑެއްގެ ކުރިމަތީގައި އިނދެ ނަގައިފައިވާ ފޮޓޯއެއް ހިއްސާކޮށް ކަރީނާ، އެ ފޮޓޯގެ ކެޕްޝަނުގައި ލިޔުނީ 23 އަހަރު ފުރިހަމަ ކުރެވިއްޖެ ކަމަށާއި، ކުރިއަށް ވެސް 23 އަހަރު އެބައޮތް ކަމަށެވެ.

އޭނާގެ މި ޕޯސްޓައް ގިނަ ބަޔަކު ކޮމެންޓު ކުރިއިރު، ގިނަ ކޮމެންޓުތަކުގައި ކަރީނާއަށް ވަރަށް ތައުރީފުކޮށްފައިވެއެވެ.

ކަރީނާގެ އެންމެ ފުރަތަމަ ފިލްމު ނުކުތީ 2000 ވަނަ އަހަރުއެވެ. އެއީ ފިލްމު ރެފިއުޖީއެވެ. އޭނާ މިހައިތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!