އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޝާތިފް!

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޑޫސިޓީ ފޭދޫ ނޫކޮކާ ޝާތިފް ޢަލީ އައްޔަނު ކުރައްވައިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މައުލޫމާތު ދެއްވި ގޮތުގައި ޝާތިފް މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ ޖޫން 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޭނާއަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޕީ.ސީ.ބީގެ ރައީސް ޢާޞިމް މުޙައްމަދެވެ.
ޝާތިފަކީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް މެނޭޖްމަންޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝާތިފް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަޤާމާއި، ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރކަމުގެ މަޤާމް ހިމެނެއެވެ.