ޚަބަރު

އެކްސިޑެންޓްވި ހަފީޒު އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި އަލީ ހަފީޒް އިތުރު ފަރުވާއަށް އިންޑިއާއަށް މިއަދު ފުރުވާލައިފިއެވެ.

Ads by MWSC

ބުދަ ދުވަހުގެ ފަތިހު 5:00 އެހާއިރު، ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން އެ ދުވަހު ބުނެފައިވެ އެވެ. އޭނާ މިހާރު ހުރީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ސައިކަލު ދުއްވި މީހާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން ދާތީކަމަށްވެސް ފުލުހުން ބުނެއެވެ.

އަލީ ހަފީޒް މިހާރު ހުރީ ގައުމީ ޔުނިވަސިޓީގެ ސީނިއަރ ލެކްޗަރަރގެ މަގާމުގައެވެ. ކިޔަވައިދެއްވުމުގައި 18 އަހަރު ހޭދަކޮށްފައިވާ ހަފީޒް އެކްސިޑެންޓުވެފައިވަނީ ހީނާމާގޭ ޕާކިންގ ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުން ނިމިގެން ނިކުތްތަނާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!