މޫސުން އަދިވެސް ގޯސް، ރާއްޖޭގެ ބޮޑޫ ބަޔަކަށް ހުދު ސަމާލު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ރާއްޖޭގެ ބޮޑު ބަޔަކަށް އަނެއްކާވެސް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ(މެޓް)އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު 16:00 އިން ފެށިގެން 22:00 އާ ހަމައަށެވެ.