ޚަބަރު

އިންތިޚާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނެ، ރަނގަޅު ގޮތަކީ ނަޝީދު ވެސް ވާދަ ކުރެއްވުން: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީން ވާދަ ކުރައްވާނެ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ރައީސް މުޙައްމަދު ނަޝީދު ވެސް ވާދަ ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ރައީސް ޔާމީން މި ފަހަރުގެ އިންތިޚާބުގައި ވާދަ ނުކުރައްވައި، އެހެން ކެންޑިޑޭޓެއް ނެރުން ކަމަށް، ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް، ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބަލި ކުރުމަށްޓަކައި އިދިކޮޅު ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޕީޕީއެމާއި އެމަނިކުފާނު ވެސް ގޮތް ދޫކޮށް، ދެ ފަރާތް އެއްބަސްވާ ކެންޑިޑޭޓެއް ނެރެންޖެހޭ ކަމަށެވެ.

މި ވާހަކަފުޅަށް ރައްދު ދެއްވައި، ކުރީގެ ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފު އުމަރު ވިދާޅުވީ، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކޮށް، މިނިވަންކަން ދިފާޢުކޮށް، އިސްލާމީ ހަޟާރާާތާއި ދިވެހި ސަގާފަތް ދިރުވައި، މުންކަރާާތްތަކާއި ދެކޮޅަށް ޤާނޫނީ ވެރިކަމެއް ކުރުމަށް އެންމެ ޤާބިލު އަދި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ލީޑަރަކީ، ޕީޕީއެމްގެ ކެންޑިޑޭޓް، ރައީީސް ޔާމީން ކަމަށެވެ.

"ރައީސް ޔާމީން ވާދަކުރައްވައި، އިބޫ (ރައީސް ޞާލިޙު) ބަލި ކުރައްވާނެ، އިބޫ ބަލި ކުރުމަށް އެންމެ ރަނގަޅު ހިންތާ އަކަށް ވާނީ، ރައީީސް ނަޝީދު ވެސް ވާދަ ކުރެއްވުން."

އާދަމް ޝަރީފުގެ ޓްވީޓުގައިވެއެވެ.

ރައީީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާއިރު، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Ads by Allied Insurance
  1. އަލިހޮއްކޮ

    ނަޝީދަކަށް ވާދަ ކުރާކަށެއް ނުކެރޭނެއެވެ. އެހާހިސާބުން ތިމާ ބޭޒާރުވެ، ދިވެހިން މިހާރު ބަލައި ނުގަންނަކަން އެންމެންނަށް އެނގި ވަރަށް ރީއްޗަށް ތިމާ ފަޞީހަތް ވާނެއެވެ. އުމަރު ނަސީތަށްވުރެންވެސް ލިބޭ ވޯޓްކޮޅު މަދުވާނެކަން ގައިމެވެ. ނަޝީދަށް މިހާރު ލިބޭނެ ވޯޓްކޮޅު އިގިލިން ގުނާލެވޭނެއެވެ.