ޚަބަރު ސިޔާސީ

އުއްމީދަކީ ނައިބު ރައީސް ފައިސަލް އެ މަޤާމުގައި ދެމި ހުންނެވުން: އިޔާޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އުއްމީދަކީ ނައިބު ރައީީސް ފައިސަލް ނަސީމް އެ މަޤާމުގައި ދެމި ހުންނެވުން ކަމަށް ދީނީ ޢިލްމުވެރިޔާ، ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިޔާޒު މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ވާދަ ކުރައްވާއިރު ނައިބު ރައީސް ފައިސަލް އާއިއެކުގައި ކުރިއަށް ވަޑައިގަތުން ރަނގަޅު ކަމަށް ބުނެ މީހަކު ކުރި ޓްވީޓެއް، ރީ ޓްވީޓް ކުރައްވަމުންނެވެ.

"މިހައިތަނަށް ފެނުނު އެންމެ އިޚްލާޞްތެރި، ރައްޔިތުންނާއި ގުޅޭ ނާއިބު ރައީސަކީ ފައިސަލް ނަސީމްނ އުއްމީދަކީ އަދި ދުޢާ އަކީވެސް ކުރިޔަށް އޮތް ފަސް އަހަރުވެސް އެމަނިކުފާނު އެމަޤާމުގައި ދެމިހުންނެވުން".

އިޔާޒު ފާހަގަކުރެވެނީ، ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާ ޢިލްމުވެރިއެއްގެ ގޮތުގައެވެ. ރައީސް ޞާލިޙު އެއްބުރުން، ދެވަނަ ދައުރަކަށް އިންތިޚާބުވާނެ ކަމަށް އިޔާޒު ވަނީ ވިދާޅުވެފައެވެ.

 

 

Ads by Ooredoo
  1. ކަމަނަ

    ޢާމީން. އަޅުގަނޑުގެ އުންމީދަކީ ވެސް ދުއާ އަކީވެސް ހަމަ އެއީ