މާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެ
މާލޭގައި ރޭ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ރޭގެ ދަންވަރު މާލޭ ބޮޑުތަކުރުފާނު މަގާއި ބުރެވިމަގު ގުޅުނު ހިސާބުން ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާ ވީ ސައިކަލް ދުއްވަން އިން މީހާ އަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޮޑުތަކުރުފާނު މަގުގެ އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކާރަކާއި ދެކުނުން އުތުރަށް ދުއްވި ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ކާރުގައި އިން މީހާއަށް އަނިޔާއެއް ނުވެ އެވެ.
ކާރު ދުއްވި މީހާއަކީ މީގެ ކުރިން އެހެން މައްސަލައެއްގައި ލައިސެންސް ހިފަހައްޓާފައިވާ މީހެކެވެ. ސައިކަލްގައި އިން މީހާގެ އަތުގައި ވެސް ލައިސަންސެއް ނެތެވެ.
ރޭގެ އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.