އެންމެ ބޮޑު އިސްކަމެއް ދިނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް: ރައީސް ޞާލިޙް
![](https://dhen.mv/wp-content/uploads/2023/07/989F7601-B973-4775-B7BC-81CA530BF44F-850x548.jpeg)
އެމްޑީޕީގެ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދިނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކ. މާފުށީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލީހް ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށްފަހު ފުރަތަމަ ކުރަން ޖެހުނު ކަމަކީ ހަލަބޮލިކަން ނައްތާލައި ހަމަޖެހުން ގެނެސް އަމާންކަން ގެނައުން ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް އައީ ވައުދުތައް ވެގެން ކަމަށާއި އެ ވައުދުތައް ފުއްދަމުން އަންނަ އިރު ދަތިތަކާ ވެސް ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. “ރާއްޖޭގެ އެކި ރަށްރަށުގައި ވެފައިވާ ވައުދުތަކުގައި 90 ޕަސެންޓު މަސައްކަތް ވަނީ ފެށިފައި” ރައީސް ވިދާޅުވިއެވެ.