ގެއަށް ވަންނާނީ ރައީީސް ޔާމީން މިނިވަން ކޮށްފައި: އާދަމް ޝަރީފު
އިދިކޮޅު ފަރާާތްތަކުން ގެއަށް ވަންނާނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަންކޮށް، ވެރިކަމަށް އިންތިޚާބު ކުރުމަށްފަހުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
"ރައީސް ޔާމީން 2023" ރެލީގައި، ރޭ ވާހަކަ ދައްކަވަމުން، މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅަށް ލިބިފައިވާ އެންމެ ބޮޑު އިތުބާރަކީ ޕީޕީއެމްގެ ސަޕޯޓަރުން ވަރުބަލިވުމެއް ނެތި ކުރަމުން އަންނަ ހިތްވަރާއި، ދައްކަމުން އަންނަ ފަންވަރު ކަމަށެވެ.
"ތިޔަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ފަޚުރު. އަޅުގަނޑުމެންގެ މި ޕާޓީގެ ދިރުން. ތިޔަ ހުރިހާ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން."
މީގެ އިތުރުން، އޭނާ ވިދާޅުވީ ރައީީސް ޞާލިޙަކީ އިސްލާމީ ޤަައުމެއްގެ ވެރިއަކަށް ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީއިރު މިޤައުމުގެ ވަލިއްޔުލް އަމުރަކީ ރާއްޖޭގައި އިސްލާމީ ޙަޟާރާތު ފެތުރުމާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވަން ޖެހޭނެ ވެރިއެއް ކަމުގައި ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމްޝަރީފް ތަސައްރަފު ފުދިއްޖެތަ!
ވާރަށް ރައްވައިފިތަ! ހީހީހަލާކު
ދެން ހުރޭ މަގުމަތީގަ ސަލާންޖަހަން.