މާލޭ ސިޓީ މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިއެވެ.
ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ފަޒީނެވެ.
މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްވީ 9 މެންބަރުންގެ ވޯޓުންނެވެ.
އަދި މައްސަލައަށް ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ސިފާ އަށް ދިނުމަށް ވަނީ ނިންމާފައެވެ.
ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ކައުންސިލް ހިންގެވުމުގައި އިހުމާލުވެ ވަޑައިގެންފައިވާތީ ކަމަށް ބުނެއެވެ. ނަމަވެސް މި ތުހުމަތުތައް ސިފާ އަންނަނީ ދޮގު ކުރައްވަމުންނެވެ.

Ads by Ooredoo