ޚަބަރު ދުނިޔެ

ޗައިނާގެ ދެކުނަށާއި ވިއެޓްނާަމަށް ބާރުގަދަ ތޫފާނެއް އަރައި، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޗައިނާގެ ދެކުނަށާއި ވިއެޓްނާމަށް ބާރު ގަދަ ތޫފާނެއް އަރައި އެތައްހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވާާން ފަށައިފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

"އަލްޖަޒީރާ" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތުފާން "ޓަލިމް" އާއިއެކު ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، ފްލައިޓްތައް ކެންސަލްވާނެ ކަމުގެ އިންޒާރާއިއެކުގައި 10،000އެއްހައި މީހުން ވަނީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލު ވެފައެވެ.

ޗައިނާގެ މީޓިއޮރޮލިޖިކަލް އެޑްމިނިސްޓްރޭޝަނުން ބުނީ، މިއީ އެ ޤައުމަށް މި އަހަރުގެ ތެރޭގައި އަރައިފައިވާ ހަތަރު ވަނަ ތޫފާާން ކަމަށާއި، ތޫފާން އެރީ ހޯމަ ދުވަހުގެ ރޭ ޖީއެމްޓީ ގަޑިން 10:20 ހާއިރު ކަމަށެވެ. ތޫފާނުގައި 136.8 ކިލޯމީޓަރުގެ ބާރު މިނުގައި އަންނަނީ ވައި ވެސް ޖެހެމުންނެވެ.

މި ތޫފާނާއި ގުޅިގެން ބައެއް ސަރަހައްދުތަކަށް އޮރެންޖު އެލާޓް ނެރެފައިވާއިރު، ފަތުރުވެރިން ގޮސް އުޅޭ ބައެއް މަންޒިލްތައް ވެސް ވަނީ ބަންދު ކޮށްފައެވެ. ތޫފާނާ ކުރިމަތިލުމަށްޓަކައި، ޗައިނާ ސަރުކާރުން ވަނީ 11 ރެސްކިޔު އުޅަނދާއި، ފަސް ހެލިކޮޕްޓަރާއި، 46 ޝިޕްގެ އިތުރުން 8 އިމަޖެންސީ ރެސްކިޔު ޓީމުވެސް އެކުލަވައިލައިފައެވެ.

ޗައިނާގެ އިތުރުން ވިއެޓްނާމްގައި ވެސް، ތޫފާނުގެ އަސަރު ކޮށްފާނެ ކަމަށް ބެލެވޭ 30،000 މީހުން  ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ކަމާބެހޭ ފަރާާތްތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!