ޚަބަރު ސަރުކާރު

މަސައްކަތް ކުރަނީ މިމަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓް ނެރެން: އަކްރަމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު މިމަސް ނިމުމުގެ ކުރިން އާއްމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

Ads by MWSC

އަކްރަމް މިހެން ވިދާޅުވީ ނޫސްވެރިން އެކަމާއި ގުޅިގެން ސުވާލުކުރާތީ ޖަވާބު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ގައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 4000 ފުލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅިއެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ޖޭއެމްސީން މިހާރު އިމާރާތް ކުރަމުން އަންނަނީ އަށް ޓަވަރެވެ. ބާކީ އަށް ޓަވަރު ފުރިހަމަ ކުރާނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައެވެ.

މިޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވައިލައިފައެވެ.

Ads by HDC
  1. ޙުސައިން

    ޥުޖޫދުގަ ނެތް ފުލެޓްތަކަށް ކޮން ލިސްޓެއް ނެރޭކަށް، ތި ފުލެޓް ލިސްޓް ނެރުނަސް ފުލެޓް އެގްރިމްންޓް ހެދިޔަސް އެ އެއެގްރިމްންޓް އަޅުގަނޑުމެންގެ ސަރުކާރެއްގަ ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ހިތަށް އެރި ގޮތަކަށް ފުލެޓްތައް ބަހާލާކަށް ހަމަހިލާ ފުރުސަތެއް ނުދޭނަން