މީހުން

ފަޒްލީނާގެ ލިވަރ ޓްރާންސްޕްލާންޓަށް ބޭނުންވަނީ އާއްމުންގެ ދީލަތި އެހީ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރ. މީދޫ ޕެންޓްލެންޑް ފަޒްލީނާ އަޙްމަދަކީ ދެ ކުދިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އައި، އެހާމެ ގާތުން ދަރިންގެ ކަންތައްތައް ކޮށްދެމުން އައި މައެކެވެ. މީގެ ކުރިން ފަޒްލީނާގެ ސިއްޙީ މާ ބޮޑެތި މައްސަލަތަކެއް ހުންނަ ކަމެއް ފާހަގަވެފައެއް ނުވެއެވެ.

Ads by MWSC

އެހެންނަމަވެސް، ފަޒްލީނާގެ ޙަޔާތަށް ބޮޑު ބަދަލެއް އައީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން މާލެގޮސް ޑޮކްޓަރަށް ދެއްކުމާއެކު އެނގިގެންދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. މާ ބޮޑެތި ސިއްޙީ މައްސަލަތަކެއް ނެތް ނަމަވެސް ދޭތެރެ ދޭތެރެއިން ފަޒްލީނާއަށް އައީ އުނދަގޫ ތަކެއް ވަމުންނެވެ. ފަޒްލީނައަށް އަސްލު ވަމުން އައި ގޮތް އިނގުނީ ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ޓެސްޓުތަކުންނެވެ.

އެއާއެކު ފަޒްލީނާގެ ޢާއިލާއިން ނިންމީ ލަސްނުކޮށް އިންޑިއާއަށް ދިއުމަށްފަހު ވީހާވެސް އަވަހަށް ފަރުވާ ދިނުމަށެވެ. އެގޮތުން އާސަންދައިގެ އެހީތެރިކަމާއެކު ފަޒްލީނާ އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލުމަށްފަހު ދިނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެއީ ފަޒްލީނާގެ ލިވަރ ފެއިލްވެފައިވާކަމަށާއި ވީ އެންމެ އަވަހަކަށް ލިވަރ ޓްރާންސްޕްލާންޓު ހަދަން ޖެހޭކަމުގެ ޚަބަރެވެ. އިންޑިއާއަށް ގެންދިޔަ ފަހުން ފަޒްލީނާގެ ޙާލު އިތުރަށް ގޯސްވެ މިހާރުވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

ފަޒްލީނާގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާއަށް މަޑު ކުރަން ޖެހޭތީ އެހެނިހެން ޚަރަދުތައް ކުރުމަށް އާޢިލާއަށް އެހީތެރިކަން ބޭނުންވެއެވެ.

ފަޒްލީނާއަށް އެހީތެރިވުމަށް:

ދިވެހި ރުފިޔާ އެކައުންޓް: 7703330525001

ޑޮލަރު އެކައުންޓް: 7770000138635

އެކައުންޓުގެ ވެރިފަރާތް: ޢަލީ ފައިސަލް (އެއްބަނޑު އެއްބަފާ ބޭބެ)

ފަޒްލީނާގެ ޙާލަތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް ފަޒްލީނާގެ ބޭބެ ޢަލީ ފައިސަލް 7916916 އަށް ގުޅުއްވުމަށް އާއިލާއިން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!