ޚަބަރު އިޖުތިމާޢީ

ބޭނުންޖެހިފައިވާ 300 އާއިލާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި ރޯދަ މަހު އެހީއަށް ބޭނުންވެގެން 300 އާއިލާ ރަޖިސްޓްރީކޮށްފައިވާތީ، އެ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު 'މަމްސް އެއިޑް' ޖަމިއްޔާއިން ހުޅުވާލައިފިއެވެ.

Ads by Hajj Corporation

މަމްސް އެއިޑް ޖަމިއްޔާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ރަމާޟާން މަހަށް ހާއްސަކޮށް ނިކަމެތި އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދާ ކެމްޕޭން "ރަމަޟާން އެއިޑް" މިހާރު ފެށިފައިވާކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ އާއިލާ މިއަހަރުވެސް ވަނީ މަމްސް އެއިޑްގެ ކެއަރ ލިސްޓުގައި ރަޖިސްޓްރީ ކުރެވިފަ. މިއާއިލާތަކުގެ ތެރޭގައި އެކަނިވެރި މަންމައިންނާއި ބަފައިން، ހާއްސައެހީއަށް ބޭނުންވާ ކުދިން، ޔަތީމް ކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތައް ހިމެނޭ" މަމްސް ޖަމިއްޔާއިން ބުނެފައިވެއެވެ.

އެ އާއިލާތަކަށް އެހީގެ ޕެކޭޖުތައް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެ ޕެކޭޖުތަކަކީ:

  • 300 ރުފިޔާ - ތިން ދުވަހުގެ ރޯދަ ވީއްލުން
  • 500 ރުފިޔާ - ފަސް ދުވަހުގެ ރޯދަ ވީއްލުމަށް
  • 1،000 ރުފިޔާ - ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުން
  • 1،500 ރުފިޔާ - ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުން

ރޯދަ މަހު ނިކަމެތި އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރަން ޖެހެނީ:

  • 7730000294482 ރުފިޔާ އެކައުންޓް (މަމްސް)
  • 7730000294483 ޑޮލަރު އެކައުންޓު

މަމްސް ޖަމިއްޔާއަކީ ރާއްޖޭގައި މިފަދަ ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ދިރިއުޅުން ބަދަލުކޮށް. އެހީތެރިކަން ދިނުމުގައި މިސާލު ދައްކަމުން އަންނަ ޖަމިއްޔާއެއް ކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!