ޚަބަރު އިޖުތިމާޢީ

މާލޭގައި ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރަންފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލެސިޓީ ކައުންސިލުން މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްޤީ ކުރަންފަށައިފިއެވެ.

Ads by Sosun Fihaara

މިއީ މާލެސިޓީގެ 4 ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެޓީ" އަމާޒަށް ވާސިލްވުމަށްޓަކައި މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

އެގޮތުން މާލޭގެ ކާރޫބާރޫބޮޑު ސަރަޙައްދު ތަކުގެ ތެރެއިން ފާހަަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ދަނީ ތަރައްޤީ ކުރަމުން ކަމަށާއި އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްޤީ ކޮށްފައިވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިކަމަށް އެކައުންސިލުން ބުނެއެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!