ޚަބަރު

ރައީސް ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން ލިބޭތީ، އެމަނިކުފާނުގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީނުގެ ދިފާއީ ވަކީލު އާދަމް ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުކަމަށްވާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ހުކުމެއް އިއްވައި އެ ހުކުމުގެ އިސްތިއުނާފު މައްސަލަ ލަސްވަމުންދާތީ އެމަނިކުފާނުގެ ފަރާތްޕުޅުން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،" ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ޓިކެޓު ރައީީސް ޔާމީނަށް އަރުވައިފައިވާއިރު، އެ މަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ފަށައިފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް މަޑުޖެހިފައިވާތީ، އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

 

Ads by Allied Insurance
  1. ސީލާފަ ދަނޑިން ތަޅާ ދެން.