ޚަބަރު

އިންފްލުއެންޒާ ޖެހިގެން ތިން ކުޑަ ކުދިން އެޑްމިޓް ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންފްލުއެންޒާ ޖެހިގެން ތިން ކުޑަ ކުއްޖަކު އެޑްމިޓްކޮށްފިއެވެ.

Ads by STELCO

މިކަން ހާމަކުރައްވައި، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ، އިފްލުއެންޒާއިން ރައްކާތެރިވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިން ޖެހުން ހިމެނޭ ކަމަށެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި، ވެކްސިންގެ އިތުރުން، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން މުހިންމެވެ.

އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭފަތުން ފެން އައުން، ގައިން ވަރުދެރަވެ، ބޮލުގައި ރިއްސާ، ގައިގަ އާއި ކަރުގަ ރިއްސުމުގެ އިތުރުން ކެއްސުން ހިމެނެއެވެ.

ޑޮކްޓަރުން ލަފާދޭ ގޮތުގައި ތިން ދުވަސް ވަސްދެން މި އަލާމާތްތައް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.

އިންފްލުއެންޒާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލި ޖެހިފައިވާ ނުވަތަ ރަނގަޅުވާ މީހުންގެ ތެރެއިން ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!