Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިޓަލީ މީހާއާ ގުޅޭ ތުހުމަތުތަކަށް ޖިނާއީ ތަހުގީގެއް ކުރަން ޕީޖީ އަމުރުކޮށްފި

ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގައި އިހުމާލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ ޖިނާޢީ ތަޙްޤީޤެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ފުލުހުންނަށް އަމުރު ކުރައްވައިފިއެވެ.

ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ސަރުކާރުން މިއަދު ވަނީ އޭނާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އެގޮތުން މާގިރި ހޮޓަލްގައި ވެސް އޭނާ މަޑުކުރި ކަމަށެވެ. އަދި މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ދިޔަ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

އެކަމާ ގުޅިގެން އެ ހޮޓަލްގައި މަސައްކަތް ކުރާ 15 މީހަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް މީހެއްގެ ގައިން މި ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ސަރުކާރުން ބުނެއެވެ.

އަދި މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ދިޔަ ކަމަށްވެސް ސަރުކާރުން ބުނެއެވެ. އެއާއެކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ބައްޔަށް ޝައްކު ކުރެވިގެން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮރޯނާ ވައިރަހަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި މައްސަލާގައި މިހާރު ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި މި މައްސަލާގައި އިހުމާލުވެފައިވާނަމަ ވަކި ލެވެލް އަކަށް ނުބަލައި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް