Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުރެއްދޫއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ކުރެއްދޫ ރިސޯޓުން ކޮރޯނާ ވައިރަހަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުން ދާދި ދެންމެ އަކު ހާމަކޮށްފި އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އެ ދެ މީހުންނަކީ ވެސް ކުރެއްދޫ އައިލޭންޑް ރިސޯޓުން މި ބައްޔަށް ޓެސްޓު ކުރި ދެ މީހުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިފަހަރު ޕޮޒިޓިވްވި އެ ދެ މީހުންނަކީ ވެސް ބިދޭސީން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ދެ މީހުންނާއެކު މި ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ. އެ ހަ މީހުންނަކީ ވެސް ބިދޭސީންނެވެ.

މި ބައްޔަށް މީގެކުރިން ޕޮޒިޓިވްވި ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް