މިއަދު އަޒުމް ކަނޑައަޅަން ޖެހޭނީ، ކާަބަފައިން ބިނާ ކުރި ޤައުމިއްޔަތު އާރާސްތުކޮށް ދަމަހައްޓަން: ރައީސް
މިއަދު ޢަޒުމް ކަނޑައަޅަން ޖެހޭނީ ކާބަފައިން ބިނާ ކުރި ޤައުމިއްޔަތު އާރާސްތުކޮށް ދަމަހައްޓަން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އިނގެރޭސީންގެ އަތްދަށުން މިނިވަންވެ، ރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރުމާއި ގުޅިގެން، ރައީސް ޞާލިޙު މިއަދު ކުރެއްވި ޓްވީޓުގައި މި ފަޚުރުވެރި މުނާޞަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމުގައި ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ މިނިވަންކަމުގެ ބިންގަލުގެ މަތީގައި ކާބަފައިން ބިނާކުރި ދިވެހި ޤައުމިއްޔަތު އާރާސްތުކޮށް ދެމެހެއްޓުމަށް"
މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1887 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާ ހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.
ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭރު ދިވެހިރާއްޖޭގައި ހުންނެވި ރަދުން އައްސުލްޠާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންނާއި ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި އިނގިރޭސި ރާނީ ވިކްޓޯރިއާގެ ބަދަލުގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްންއެވެ.
އެއްބަސްވުމުގައި ސޮއި ކުރެވުނު ހިސާބުން ރާއްޖޭގެ ޚާރިޖީ ހުރިހާ ކަމެއް ހިންގާނެ ބަޔަކަށް އިނގިރޭސިން ވެގެންދިޔައެވެ.
ޤައުމު ދަވާ ހުސްކޮށްފި ތި ބައިގަނޑު. ޤައުމެއް ނެތް އެވެސް ތި ބައިގަނޑު ވިއްކާފި.
އެހެންވީމާ ދޯ އިންޑިއާ އަށް ރާއްޖޭގެ ކަނޑު ކަލޭ ވިއްކާލީ ހަރާމްކޯރު ބަތާހަރާމީއެކޭ މި ހިންނަވަރޭ ދަ މަސްކައްކާ އަކީ ތަމެން ދަގަ މަސްކައްކަން ތެލި ދޮންނަން ރަށަށް ހަރާމްކޯރު…
މި ޤައުމުގެ ކާފައިންނަށް މަލާމާތްކުރަން ނޫޅުއްވާ!
އެއީ އަމިއްލަ އެދުމެއް ނެތި އިސްލާމްދީނާއި ޤައުމަށްޓަކައި އަމިއްލަ އާއިލާ ދޫކުރައްވާ ޤުރުބާންވެ ވަޑައިގެންނެވި އަބްޠާލުން.