ޖުމްހޫރީ މައިދާނުން ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫންކަމަށް އެމްއެންޑީއެފުން ބުނެފި
ޖުމްހޫރީ މައިދާނުން ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގެ ތެރެއިން ގޮވާ ޒާތުގެ އެއްޗެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން މިރޭގެ ވަގުތެއްގައި އެތަނުގައި ސިފައިން ހަރަކާތްތެރިވާކަމަށް ލިބުނު މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް އެމްއެންޑީއެފުގެ މީޑިއާ ވައިބަރ ގުރޫޕުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފުން ބުނެފައިވަނީ، އެތަން ބަލައި ޗެކް ކުރި އިރު އެއީ އެފަދަ ގޮވާ ޒާތުގެ އެއްޗެއް ނޫންކަން ކަށަވަރުކުރެވިފައިވާކަމަށެވެ.
ޖުމްހޫރީ މައިދާން ބަލަންފެށީ އެތަނުގައި އޮތް މީހެއްގެ ދަބަހުން އެފަދަ އެއްޗަކާ އެއްގޮތް ސިފަތަކެއް ހުރި އެއްޗެއް ފެނުމުންކަމަށާއި، އެފަދަ އެއްޗެއް ފެނި ޝައްކެއް ވުމުން އަމަލުކުރާ އުސޫލުގެ ތެރެއިން ބަލައި ފާސްކުރިކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.