ފޮކްސްކޮން އިން ޓަމިލް ނާޑޫއަށް ބޮޑު އިންވެސްޓްމެންޓެއް
ދެކުނު ސަރަޙައްދުގައި އިލެކްޓްރޯނިކް ކޮމްޕޯނެންޓްތަކަށް އާ ޕްލާންޓެއް އެޅުމަށް 200 މިލިއަން ޑޮލަރާ ހަމައަށް އިންވެސްޓްކުރުމަށް ފޮކްސްކޮން (2317.TW) ސަބްސިޑަރީ ކުންފުންޏަކުން އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ސީދާ މައުލޫމާތު ލިބިފައިވާ ދެ ފަރާތަކުން ބުދަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދީފައިވެއެވެ.
ފޮކްސްކޮން އިންޑަސްޓްރިއަލް އިންޓަނެޓް (އެފްއައިއައި) (އެފްއައިއައި) (601138.SS) ގެ ސީއީއޯ ބްރޭންޑް ޗެންގް އާއި ކުންފުނީގެ އެހެން މަންދޫބުން މިދިޔަ ހަފުތާގައި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ހިމެނޭ ގޮތަށް އޮފިޝަލުންނާ ބައްދަލުކޮށް އެ ސްޓޭޓުގައި އިންވެސްޓްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެ ބައްދަލުވުމަށް ފަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މުވާސަލާތީ، މޮބައިލް ނެޓްވޯކް އަދި ކްލައުޑް ކޮމްޕިއުޓިން ސާމާނު އުފައްދާ އެފްއައިއައި އިން އެންމެ ފުރަތަމަ އެ ފެސިލިޓީއަށް 180 މިލިއަނާއި 200 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އިންވެސްޓް ކުރުމުގެ ޕްލޭނެއް ދައުލަތުގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ފަރާތަކުން ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނި ކަމަށްވާ ފޮކްސްކޮން އާއި ޓެމިލް ނާޑޫގެ އިންޑަސްޓްރީޒް ޑިޕާޓްމަންޓުގެ ތަރުޖަމާނު އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހެދި އެވެ.
މި މަޝްވަރާތަކަކީ ޕްރައިވެޓް މަޝްވަރާތަކެއް ކަމަށް ބުނެ ނަން ހާމަކުރަން ދެކޮޅު ހެދި ފަރާތްތަކުން އެ ޕްލޭނާ ބެހޭ ގޮތުން އެއްވެސް ތަފްސީލެއް އަދި ހުށަހަޅާފައިވާ ފެސިލިޓީގައި ހަދާބައިތައް ބޭނުންކުރާނީ އައިފޯންނުވަތަ އެހެން ކުންފުންޏެއްގެ އުފެއްދުންތަކުގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ފޮކްސްކޮންގެ އަމާޒަކީ 2024 ވަނަ އަހަރުގެ ތެރޭގައި ޕްލާންޓް ގެ މަސައްކަތް ނިންމާލުން ކަމަށާއި، އެއަށްފަހު އިތުރު އިންވެސްޓްމަންޓްތައް ކުރާނެ ކަމަށް ފުރަތަމަ އޮފިޝަލް ވިދާޅުވި އެވެ.
އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ.
އިންޑިއާގެ ސެމިކޮންޑަކްޓާ ދާއިރާއަށް ވަނުމުގެ ވިސްނުން ގެންގުޅޭތީ، ހުޅަނގު ގުޖުރާތު ސްޓޭޓާ އެކު ވެސް ފޮކްސްކޮން އިން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެ ކުންފުނީގެ ޗެއާމަން ޔަންގް ލިއު މި ހަފުތާގައި ސަރުކާރުން ކޮންމެ އަހަރަކު ބާއްވާ ސެމިކޮންޑަކްޓާ އިވެންޓެއްގައި ތަގުރީރު ކުރައްވާނެ ކަމަށް ބެލެވެ އެވެ.