އެޑްވަޓޯރިއަލް ވިޔަފާރި

ދިވެހި އުފެއްދުންތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ މޫލީ މިނިވަން ސޭލް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހި ބްރޭންޑްތައް ކަމަށްވާ ތަކެތި، މާހީ މަހީ ބުކްސް، ޕެޕާ ޑޮޓްސް، ކައިށި އަދި ލުއިކާނާ ފަދަ ބްރޭންޑްތަކުން ޑިސްކައުންޓު ލިބޭ "މޫލީ މިނިވަން ސޭލް" ފަށައިފިއެވެ.

Ads by Sosun Fihaara

ސޭލްގައި ދިވެހި އުފެއްދުންތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭއިރު، އެ ސޭލް ކުރިއަށްދާނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ.

​​"ތަކެތީ" އަކީ ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަކޮށްގެން އިންޓަރެކްޓިވް ތައުލީމީ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. އެގޮތުން ތާނާ ކޯޑި، އަލިފްބާ ޕޯސްޓަރ، އަހަރެނާކީ ފެހުރިސޭ ފަދަ އުފެއްދުންތައް މިހާރު މިނިވަން ސޭލް މެދުވެރިކޮށް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ.

މާހީ މާހީ ބުކްސް އަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހި ތައުލީމީފޮތްތަކުގެ ހަޒާނާއެއް ގެނެސްދޭ ވިޔަފާރިއެކެވެ. "ރާޅެއް ލިބެއިތޯ" ، "ހުރިހާ އެއްޗެއް ހެއްދެވީ الله" ފަދަ މަގުބޫލު ފޮތްތައް މާހީ މާހީ އިން ވަނީ %10 ޑިސްކައުންޓާއެކު މޫލީ މިނިވަން ސޭލްގައި ފީޗަރކޮށްފައެވެ.

މޫލީ މިނިވަންސޭލްގައި %10 ޑިސްކައުންޓާއެކު ދީމާކުރާމާ ގޭމް، މޫދު ޕަޒަލް، ކަމަނާ ޕަޒަލް ފަދަ ޕެޕަރ ޑޮޓްސް ގެ އުފެއްދުންތައް ވެސް މިހާރު ބައްލަވައިގަނެވޭނެއެވެ.

ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ކާށި ތެޔޮ ފޯރުކޮށްދޭ މަޝްހޫރު ދިވެހިވިޔަފާރި ކަމަށްވާ ކައިޝީ ގެ ކާށި ތެލަކީ ދުޅަހެޔޮ އިސްތަށިގަނޑާއި ހަމުގެ ރީތިކަންދެމެހެއްޓުމަށް މަގުބޫލުކަން ހޯދާފައިވާ ތެލެކެވެ.

ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ކުންފުނި ލުއިކާނާ އިން މޫލީ މިނިވަންސޭލްގައި އެ ކުންފުނީގެ އުފެއްދުންތަކުން 10 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!