މިނިވަން އުފާ ކާނިވަލް މިރޭ އޮންނާނެ!

މާލޭގައި ފެތުރެމުން އަންނަ ރޯގާއާ ގުޅިގެން ޕޯސްޓްޕޯންޑް ކުރި މިނިވަން އުފާ ކާނިވަލް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިނިވަން އުފާ ކާނިވަލް ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ އިއްޔެއެވެ. ނަމަވެސް މާލޭގައި ރޯގާއެއް ފެތުރޭތީ, ރޭގެ އިވެންޓް ފަސްކުރިއެވެ.
މިރޭ ކާނިވަލް ބާއްވާނެކަން ކާނިވަލް އިންތިޒާމް ކުރާ އާބަންކޯއިން ވަނީ ހާމަކޮށްފައެވެ.