ޚަބަރު

ފައްޔާޒްގެ އިންޒާރެއް އިދިކޮޅަށް; ކެންޕެއިންނަށް ހުރަސް އަޅާނަމަ, އިދިކޮޅުގެ ކެންޕޭނަށް ވެސް ހުރަސް އަޅާނަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ތާ އަބަދަށް ހުރަސްއަޅާނަމަ އިދިކޮޅު ފަރާތްތަކަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ކެމްޕޭން ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ފުވައްމުލަކުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ހިތްތިރި ބޭފުޅެއް ކަމަށާއި ނަމަވެސް އެމްޑީޕީގައި ދެން ތިބީ އެހާ ހިތްތިރި ބައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ކެމްޕޭނަށް ތާ އަބަދު އެގޮތަށް ހުރަސްއަޅާކަމަށްވާނަމަ ދިވެހިރާއްޖޭގެ އެންމެ ރަށެއްގައި ވެސް އެ ބޭފުޅުންނަށް ކެމްޕެއިނެއް ނުކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އިދިކޮޅުން އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާއި އެމްޑީޕީގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ބަދަލުގައި ކެންޑިޑޭޓެއް ދެއްކޭތޯ ބެލުން އިދިކޮޅަށް މާ މުހިއްމު ކަމަށެވެ. އަދި ކެންޑިޑޭޓެއް އިދިކޮޅުން ނުދައްކަނީ ރައީސް ސޯލިހާއި ޗެލެންޖް ކުރަން ނުކުރޭތީ ކަމަށާއި ތަފާތު އެކި މަންޒަރުތައް ދައްކަނީ އެހެންވެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު ރައީސް ސޯލިހު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އެއާޕޯޓު ސަރަހައްދަށް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އެއްވެ ވަނީ ޖަލަށްލާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރަން ގޮވާލައިފަ އެވެ. އެއާޕޯޓު ސަރަހައްދަށް އެއްވެ ތިބި އާންމުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގިއިރު އެ ސަރަހައްދުން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

  1. އިދިކޮޅަށް ހުރަސް އަޅާތީ ކަމެއްނޭނގޭތަ ތިޔަހެންތިޔަވަނީ ؟. މޮޔަގޮވާ ރުޅިގަދަވިސް ކަމަކު ނުދާނެ ވިސްނުންތެރިކަމާއި އެކު ޔާމީން ދޫކޮއްލާފަ ނިކުމެގެން ދޭބަ ކެންޕެއިނަށް ވާގޮތްބަލާލަން.