ފުވައްމުލަކުގެ އަދާލަތު ޕަޓީގެ ޖަގަހަ ރައީސް ޞާލިޙް ހުޅުވާ ދެއްވައިފި

ފުވައްމުލަކު ސިޓީ އަދާލަތު ޕާޓީގެ ޖަގަހަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މި ޖަގަހަ ހުޅުއްވައިދެއްވީ ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ވަނީ އާދިއްތަ ދުވަހު އެ ސިޓީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ވެސް ހުޅުއްވައިދެއްވާފައެވެ.
އަދާލަތު ޕާޓީގެ ޖަގަހަ ރައީސް ހުޅުއްވާދެއްވައިފައިވާއިރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމިކަން ހާމަކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.
ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ޤާއިމުކުރުމުގެ އިތުރުން ރައީސް ސާލިހަށް ތާއިދު ކުރުމަށް ނިންމީ މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެފައިވާތީ ކަމަށް އަދާލަތުން ބުނެއެވެ.