ޚަބަރު

ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނުމުން ވިލަމަންދޫ ރިސޯޓު ލޮކްޑައުން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އދ. ވިލަމަންދޫ ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނުމާއެކު އެ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އަދި މޮނިޓަރ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިންގ" ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ. އެންމެ ފުރަތަނަ ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފަކު ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުފައި އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައެވެ، މީގެ އިތުރުން ކުރެއްދޫ އިން އިތުރު ދެ ބިދޭސީއަކު ޕޮޒިޓިވް ވެފައިވާކަން ރޭ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

ރާއްޖޭގައި މިހާރު އަރައި ފޭބުން މަނާ ކޮށްފައި ވަނީ ތިން ރަށަކަށެވެ. އެއީ ކުރެއްދޫ ރިސޯޓާއި، ބަތަލާ ރިސޯޓުގެ އިތުރުން ވިލަމަންދޫ ރިސޯޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!