ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ އެކައުންޓުންވެސް ބޮޑެތި އަދަދުތަކުން ފައިސާ ކެނޑިފައިވާތީ އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކައިފައެވެ.
ބައެއް އެކައުންޓުތަކުން އިތުރަށް ކެނޑުނު ފައިސާ ޖަމާކޮށްދީފި

ހަދާފައިވާ ޓްރާންސެކްޝަނަކުން ދެ ފަހަރަށް ފައިސާ ކަނޑާލާފައިވާ އެކައުންޓްތަކަށް، އިތުރަށް ކެނޑި ފައިސާ އަނބުރާ ޖަމާ ކޮށްދީފި އެވެ.
ބީއެމްއެލް އިން ރޭ ބުނީ ޑެބިޓް ކާޑު ބޭނުން ކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން މެދުވެރިވާން ދިމާވި މައްސަލަ މިހާރު ހޯދިފައިވާ ކަމަށާއި އަދި އެކަން މިހާރު ހައްލުކޮށް ދެފަހަރަށް ފައިސާ ކެނޑިފައިވާ އެކައުންޓްތަކަށް އެ ފައިސާ އަލުން ފޮނުވާފައިވާނެ ކަމަށެވެ.