ޚަބަރު

ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.

Ads by Hajj Corporation

މި މައްސަލައިގައި ގޮތެއް ނިންމަން، ސުޕްރީމް ކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ރައިސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ޙުކުމް ކަނޑައެޅުނު އަދަބު މާފު ކުރިތާ ތިން އަހަރުވެފައިވުން ހިމެނެއެވެ.

އީސީން އިއްޔެ ވިދާޅުވީ ރައީސް ޔާމީންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައިނުގަތް ސަބަބަކީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައީސް ޔާމީނަށް އައިސްފައި ވުމެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ރައީސް ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.

 

(ތަފްޞީލު އަންނަނީ.....)

Ads by Ooredoo
  1. ހަސަން ސަމީރް

    ނާޒިމް ސަރއަކީ ޤައުމަށް ހިދުމަތްކުރުމުގެ ލާމަސީލު ނަމޫނާއެއް