ޚަބަރު

ޖިނާއީ ޙުކުމަކުން ކަނޑައަޅާ ޖޫރިމަނާ އަކީ ސާބިތު ދަރަންޏެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖިނާއީ ޙުކުމަކުން ކަނޑައަޅާ ޖޫރިމަނާއަކީ އުގޫބާތުގެ ވައްތަރެއް ކަމަށާއި، އެއީ ސާބިތު ދަރަންޏެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުރީގެ އުއްތަމޑިޔާރު މިހެން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބޭރުކޮށްލި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސާބިތު ދަރަނީގެ ވާހަކަ ދެކެވި، އެކަމާ ބަހުސް ކުރުމުންނެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސައިގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ މައްސަލައިގައި 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ޙުކުމާއެކު، ރައީސް ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް އީސީން އިއްޔެގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

އީސީގެ ވަކީލް މަހްފޫޒް ސައީދު ވަނީ، އެއީ ރައީސް ޔާމީން ނުދައްކަވައި އޮތް ދަރަންޏެއް އޮތް ކަމަށް ވިދާޅުވެފައެވެ. ރައްދުގައި ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމާނާޔަކީ އުގޫބާތުގެ ވައްތަރެއް ކަމަށެވެ.

އަދި އެއީ މާލީ އުގޫބާތެއް ކަމަށާއި ސާބިތު ދަރަންޏެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެއާ ހިލާފަށް ސާބިތު ދަރަނި ގުޅިފައިވަނީ ކޮންޓްރެކްޓަކުން ނުވަތަ އެނޫންވެސް މަދަނީ މުއާމަލާތަކުން އުފެދޭ މާލީ އިލްތިޒާމުތަކާއި، އެއީ އެއްވެސް ހާލެއްގައި ޖިނާއީ ކުށަކާ ގުޅޭ އެއްޗެއް ނޫން.". ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

Ads by HDC
  1. އައްޕި

    ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވައުދުވި ކަންތައްތައް ނުކޮށް ދެވިފަ ވާނަމަ އެވާނެތަ ދަރަނި އަށް؟