ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުދަ އަރާނެ، ސަމާލުވޭ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މެޓް އޮފީހުން ވިދާޅުވީ، މިމަހުގެ 1 އިން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ލަފާ ކުރަމުން ގޮސްފައިވާ ކަމަށާއި، އިއްޔެ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރައްތަކަށް އުދަ އަރާފައިވާ ކަމަށެވެ.

އެގޮތުން އުދަ އެރީ ބޮޑު ދިޔަވަރުގައި އޮޔާއި ވަޔާއިއެކު ރާޅު ބާނީގެ އުސްމިން 6 ފޫޓާއި 8 ފުޓާއި ދެމެދު އުފުލުމުންނެވެ.

އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރައްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ، އެންމެހައި ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް މެޓުން އެދިވަޑައިގަންނަވައެވެ.

ހއ. އިން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ މިއަދު 14:53 ހާއިރުއެވެ. އަދި އެންމެ ތިރި ވާނީ މިރޭ 9:35 ގައެވެ. މެދު ރާއްޖެތެރެއަށް، އެއީ ކ. އަތޮޅުން ތ. އަތޮޅާއި ހަމައަށް ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ 15:46 ގައެވެ. އެންމެ ތިރިވާނީ 22:14 ގައެވެ. ރާއްޖޭގެ އެންމެ ދެކުނުން ލ. އަތޮޅުން އައްޑޫއާއި ހަމައަށް، ދިޔަވަރު އެންމެ ބޮޑުވާނީ 16:42 އާއި ހަމައަށެވެ. އެންމެ ތިރި ވާނީ 23:01 ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!