ކުރިއަށް އޮތް 40 އަހަރު ވެސް، އިންޖީނު ގެތައް ބަދަލު ކުރާކަށް ނުޖެހޭނެ: ރައީސް
![](https://dhen.mv/wp-content/uploads/2023/08/IMG_20230807_202554_965-850x548.webp)
ކުރިއަށް އޮތް 30 ނުވަތަ 40 އަހަރު ވެސް ރާއްޖޭގެ ރަށްތަކުގެ އިންޖީނުގެތަކަށް ބަދަލު ގެންނާން ނުޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދ.މާއެނބޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރަށްރަށުން އެންމެ ގިނައިން އިވުނީ، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަމުގެ ޝަކުވާ ކަމަށާއި، އެކަން މި ސަރުކާރުން ޙައްލު ކޮށްދީފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ގެނައި ބަދަލާއެކީގައި، ކުރިއަށް މިއޮތް، 30 40 އަހަރު ވަންދެން، އިންޖީނުގެއަށް ބަދަލެއް ނުގެނެސް، ޚިދުމަތްދެވޭ ކެޕޭސިޓީ އާއި އެކުގައި އެ ޚިދުމަތް ދެވޭނެ."
ދ.އަތޮޅުގެ ހުރިހައި ރަށަކުން ވެސް އެމަނިކުފާނަށް ބޮޑު އަޣްލަބިއްޔަތެއް އޮތް ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
އެހެންވިޔާ ފެނަކަ އަށް އިންޖީނުގެ އަޅައިދޭން ސަރުކާރަށް ޖެހޭ ހެއްޔެވެ. އެޔަކީ އެކުންފުނީގެ މަސައްކަތެއް ނޫންތޯއެވެ. ތިހެންވިއްޔާ އަމިއްލައަށް މީހަކު ގެއެއްހަދާފައި ގެހުޅުވައިދޭން ރައީސް ގެނައީމަ އެވާނެތޯ ރައީސް ކުރިކަމަކަށް