ޚަބަރު

ބޮޔެއް ކަނޑައިގެން ގޮސް އޮޔާ ދާތީ ސަމާލުވުމަށްއެމްއެންޑީއެފް އިން އަންގައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑިއެފް

ކަނޑުގެ ދިރާސާތަކަށް ބޭނުން ކުރަމުން ދިޔަ ބޮޔެއް ކަނޑައިގެން ގޮސް އޮޔާ ދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ގޮވާލައްވައިފިއެވެ.

Ads by STELCO

އެ ބޮއި އެންމެ ފަހުން ފެނިފައިވަނީ ހދ.މަކުނުދޫގެ ހުޅަނގުއުތުރުން 62 ނޯޓިކަލް މޭލު ބޭރުންކަމަށާއި އެ ބޮއި އޮޔާ ދަނީ އިރުދެކުނަށްކަމަށްވެސް އެބޭފުޅުން މައުލޫމާތުދެއްވާފައިވެއެވެ.

އެހެންކަމުން ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކާއި މަސްވެރިންނާއި މިކަމަށް ޚާއްޞަ  ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.

އެމްއެންޑީއެފުން ވަނީ، އެ ބޮޔާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވައިފިނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށްވެސް އެދިވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!