ޚަބަރު މީހުން

މާލޭގެ ގެއެއްގައި ހުރި އުނދުނަކުން ގޭސް ލީކުވެ، އަންހެނަކު ވަރަށް ބޮޑަށް ފިހިއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މާލޭގެ ގެއެއްގައި ހުރި އުނދުނަކުން ގޭސް ލީކުވެ އަންހެން ކުއްޖަކު ވަރަށް ބޮޑަށް ފިހި އަނިޔާވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Hajj Corporation

މި ހާދިސާގައި އަނިޔާވެފައިވަނީ 20 އަހަރުގެ އަންހެނަކަށް ކަމަށާއި، މި ހާދިސާގެ ރިޕޯޓު ރޭގެ 11 ޖަހާކަން ހާއިރު އެމްއެންޑީއެފަށް ލިބިފައިވާކަމަށް އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލުވަނީ ވިދާޅުވެފައެވެ.

އެ އަންހެން މީހާއަށް އައިޖީއެމްއެޗުން ފަރުވާދެމުންދާކަމަށާއި އޭނާގެ ހަށިގަނޑުގެ 18 ޕަސެންޓް ފިހިފައިވާ ކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގޭސް ފުޅި ގޮވުން ފަދަ އަލިފާނުގެ ހިތާމަވެރި ހާދިސާތައް ހިނގާފައިވާއިރު މިފަދަ ހާދިސާތަކުގައި ގެދޮރަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައްވަނީ ލިބިފައެވެ. އަދި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، މިދިޔަ ޖޫން މަހުވެސް ވަނީ މާލޭގައި ގޭސް ފުޅިއެއް ގޮވުމުގެ ހާދިސާއެއް ހިގާފައެވެ. އެ ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވިނަމަވެސް، ނޭވާ ހާސްވި އުމުރުން 35 އަހަރުގެ އަންހެން މީހަކަށް ފަރުވާދީފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!