ޚަބަރު ސަރުކާރު

ރާއްޖެ އަކީ ނަމޫނާ މަަންޒިލެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފި: މައުސޫމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖެ އަކީ ފަތުރުވެރިކަމުގެ ނަމޫނާ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ޗެނަލްއަށް ދެއްވައިފައިވާ ޚާއްސަ ބަސްދީގަތުމެއްގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަޤްބޫލުކަން އެންމެ ބޮޑަށް އިތުރު ވެގެން ދިޔައީ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެ ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"މި މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެނގިވަޑައިގަންނަވާނެ، އޭރު އެންމެ ބޮޑު ގޮންޖެހުމަކަށް ހުރިހައި ޤައުމެއްގައި ވެސް ވެފައި އޮތީ، ޓޫރިޒަމް ސެކްޓަރ އާއި ހެލްތު ސެކްޓަރ އާއި އެއް މިސްރާބަކަށް ދަތުރު ކުރެވޭނެ ގޮތް ހެދުން."

 

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރއަށް ސަރުކާރުން ދިން އެއްބާރުލުމާއެކުގައި ރާއްޖެ އަކީ މިހާރު ފަތުރުވެރިންނާއި އިންވެސްޓަރުންނަށް ވެސް ނަމޫނާ މަންޒިލަކަށް ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިންނަށާއި އިންވެސްޓަރުންނަށް ވެސް ބޭނުންވަނީ އިތުބާރު ކަމަށާއި، އިންވެސްޓަރުންނަށް މިހާރު ރާއްޖެ ފެނިގެންދަނީ ފަތުރުވެރިކަން ކުރިއަރުވަން ރަނގަޅު ޤައުމެއްގެ ގޮތުގައި ކަމަށެވެ.

Ads by HDC
  1. މިދިޔަ 60 ހަކަށް އަހަރު ތެރޭގައި ވެރިކަން ކުރިމީހުން ދައުލަތުގެ މާލިއްޔަތު އެމީހުންގެ ޖީބަށް ނުލިނަމަ ރައްޔިތުން އުޅޭނީ ތަނަސްކޮށް އުފަލުން !