ދުނިޔެ

ކޯޗު ކަމުން ވަކި ކުރުމުން، ބަދަލު ހިފުމަށް ވަގަށް ނެގީ ޓީމު އެންމެންގެ ފޯނު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފުޓުބޯޅަ ޓީމެއްގެ ކޯޗުގައި ހުރި މީހަކު ވަޒީފާއިން ވަކި ކުރުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޓީމުގެ ހުރިހާ އެންމެންގެ ފޯނު ވަގަށް ނަގައިފިއެވެ.

Ads by WAMCO

ދިއްލީ ޔުނައިޓެޑް ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުގައި 2010 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ޝޭކަރު ޕަތަކް ނަމަކަށް ކިޔާ މީހަކު އެ ވަޒީފާއިން ވަކިކޮށްފައިވަނީ 2013 ވަނަ އަހަރު އޭނާ ވަޒީފާއަށް ފަރުވާ ކުޑަކުރާ ކަމަށް ބުނެއެވެ.

ވަޒީފާއިން ވަކި ކުރިތާ އެތައް އަހަރެެއް ފަހުން އޭނާ ވަނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެ ޓީމު އެންމެންގެ ފޯނު ވަގަށް ނަގާފައެވެ. މި އަހަރުގެ މާޗު މަހު ގެ ތެރޭގައި ކުޅުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން ޓީމު ހުރިހާ ކުޅުންތެރިންގެ ފޯނު އޭނާ ވަގަށް ނަގާފައިވަނީ ޑްރެސިން ރޫމު ތެރެއިންނެވެ. ފޯނުގެ އިތުރުން ވެސް އެކި އެކި ސާމާނު ވަގަށް ނެގި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެގޮތުން ސްޓޭޑިއަމް ގެ ސީސީޓީވީތައް ބަލައި މިހާރު ވަނީ ގެއްލުނު 12 ފޯނުގެ ތެރެއިން 9 ފޯނު ހޯދާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!